
ރައީސް ވިދާޅުވި ފާހަކަފުޅު "ޓްވިސްޓުކުރަން" އަދަދު ނޫހުން ދޮގު ހަބަރު ފަތުރަނީ
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު "މިހާރަކު" ނޯންނާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަ އޮޅުވާލަން އަދަދު ނޫހުން ދޮގު ހަބަރު ފަތުރަމުންގެންދާކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަސްކަރީ އެއްބަސްވުންތައް ހާމަކުރަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ ކަމަށާއި ، އެއްބަސްވުންތައް ހާމަނުކުރެވެނީ ކުރީސަރުކާރުން ހާމަނުކުރެވޭގޮތަށް މާއްދާތައް ހިމަނާފައިވާތީ ކަމަށްވެސް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސިޔާދަތަށް ގެއްލުންވާނެ ކަމަކަށް އޮތީ ހައިޑްރޯގްރަފީ އެއްބަސްވުން ކަމށާއި، އެއްބަސްވުން އާ ނުކުރާން ވަނީ ނިންމާފައި ކަމަށެވެ.
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ ކަމަށް ވިދާޅުވި ވާހަކަފުޅު ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ނެތްކަމަށް ބުނެ ހަގީގަތް އޮޅޭގޮތަށް އަދަދު ނޫޙުން ވަނީ ހަބަރު ގެނެސްދީފައެވެ.
އަދަދު ނޫހަކީ އިދިކޮޅު އެމްޑީޕީއާއި ވަރަށް ގުޅުން ރަނގަޅު ނޫޙެކެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވަރަށް ގިނަ ސަރުކާރު ކުންފުނިތަކުން އެމްޑީޕީ ޕްރޮމޯޓް ކުރުމަށް އެނޫހަށް ވަނީ ފައިސާވެސް ދީފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުގެ އާއިދު، ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ނޭރުވުމުން ހިތްހަމަނުޖެހިގެން ހަޑިހުތުރު ބަހުން ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަނީ 2025 ސެޕްޓެމްބަރު 11
ޚަލީލުގެ މެސެޖެއް: ނުކުރާންވީ ކަމަކީ ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރިކަހަލަ ކަންކަން!2025 ޖުލައި 22
މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތަކުން ނޫން!2025 ޖުލައި 21
މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި ކަމަށްބުނެ އަދަދު ނޫހުން ގެނެސްދިނީ ދޮގު ހަބަރެއް2025 ޖުލައި 10