
ޚަލީލުގެ މެސެޖެއް: ނުކުރާންވީ ކަމަކީ ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރިކަހަލަ ކަންކަން!
ޒައުޖަތު އަޙުމަދުނުކުރާންވީ ކަމަކީ އެފަދަ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރިކަހަލަ ކަންކަން ކަމަށް ވިދާޅުވެ ދިވެހި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު މެސެޖެއް ދެއްވައިފިއެވެ.
ޑރ. ޚަލީލް މި މެސެޖް ދެއްވާފައި މިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ޝަރަފްވެރި މެހުމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފި ކަމަށްބުނެ ރާއްޖޭގެ ނޫހެއް ކަމަށްވާ އަދަދު ނޫހުގައި ލިޔެފައި އޮތް ޚަބަރަކާއި ގުޅިގެންނެވެ.
މި ކަމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި މި މެސެޖްގައި ޑރ. ޚަލީލް ވިދާޅުވީ ޤައުމުތަކާ އެކުގައި އޮންނަ ސިޔާސީ ގުޅުމުގެ ތެރެއިން ނުކުރާންވީ ކަމަކީ އެފަދަ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރިކަހަލަ ކަންކަން ކަމަށެވެ.
އަދި އެފަދަ ގުޅުންތަކުގެތެރެއިން މިނިވަންކަމަށް ބުރޫ އަރާފަދަ ކަންކަމަށް ފުރުސަތު ދިނުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށާ އެކަން މިއަދުގެ ދައުލަތުގެ ވެރިން ގެންދަނީ ކަށަވަރުކޮށް ދެމުން ކަމަށް ޚަލީލް ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ ރާއްޖޭގެ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭރުގެ އެކިއެކި ފަރާތްތަކަށް ދައުވަތުދީގެން ޚާއްސަ މެހުމާނުންގެ ގޮތުގައި ވަޑައިގެންނެވުމަކީ އާކަމެއް ނޫން ކަމަށާ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ނުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަންކަން ކުރަނީ އެ ޤައުމުތަކާއިއެކު އޮންނަ ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޚަލީލް އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެށެނީ ދިވެހި ޤައުމާއި ރައްޔިތުންގެ ފައިދާއަށް އިސްކަން ދިނުމާ ހިސާބުން ކަމަށެވެ.
އަދަދު ނޫހުން މިފަދައިން ވާހަކަތައް ފަތުރާފައިވާއިރު، މޯދީ ޖުލައި 25 ގައި ރާއްޖެ ވަޑައިގަތުމަށްފަހު ޖުލައި 26 ގައި އެނބުރި ވަޑައިގަންނަވާ ކަމަށާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޖުލައި 27 ވަނަ ދުވަހުގައި ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު މި ނޫހަށް މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ބޮޑުވަޒީރު މޯދީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ދަޢުވަތަކަށް، ޚާއްޞަ މެހުމާނެއްގެ ހައިސިްޔަތުން ރާއްޖެ ވަޑައިގަންނަވަނީ ރާއްޖެ - އިންޑިއާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!2026 ޖެނުއަރީ 23
އިސްލާމްދީނަށް ހަޖޫޖަހާ އަދަދު ނޫހުން ކާޓޫން ކުރެހުމުން މީޑިއާތަކުން އެކަން ކުށްވެރިކޮށްފި2026 ޖެނުއަރީ 23
އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފި 2026 ޖެނުއަރީ 22
ކުދި ޤައުމުތަކުގެ ސިޔާދަތު ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި2026 ޖެނުއަރީ 10