logologologologo
STO
ޚަބަރު

ޕީއެންސީއޭ ކިޔައިގެން އަދަދު ނޫހުގައި ލިޔުނު ވާހަކަތައް ދޮގުކޮށްފި

ޕީއެންސީއޭ ކިޔައިގެން އަދަދު ނޫހުގައި ލިޔުނު ވާހަކަތައް ދޮގުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 25

ޕީއެންސީ ނުވަތަ ކޮންގްރެސް ޕާޓީއޭ ކިޔައިގެން އަދަދު ނޫހުގައި ލިޔުނު ވާހަކަތައް، ޕީއެންސީ ޕީޖި ލީޑަރު އިބުރާހީމް ފަލާޙް ދޮގުކުރައްވައިފިއެވެ.

ފަލާޙް އިޝާރާތް ކުރެއްވީ އަދަދު ނޫހުގައި އިއްޔެ ލިޔެފައިވާ ޚަބަރުގައި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައިސް ޑރ. މުޢިއްޒުގެ ހުށަހެޅުއްވުމަކަށް ސެނެޓުގެ އަޤުލަބިއްޔަތު ތާއީދު ނުލިބުނުކަމަށް ބުނެ ލިޔެފައިވާ ޚަބަރަށެވެ.

ފަލާޙް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގުޚަބަރެއް ކަމަށާއި ރައީސް ޑރ. މުޢިއްޒު ބޭނުނުންފުޅު ނުވާ އެއްވެސްކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސްނުހިނގާނެ ކަމަށެވެ.

"އެއަށްވުރެ ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެއްމެން މާލޯބިވޭ އެމަނިކުފާނަށް އަޅުގަނޑުމެން އެއްމެންމާއިތުބާރުކުރަން." ފަލާޙް މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ އަބަދުވެސް ރައީސް މުޢިއްޒު އިސްކުރައްވަނީ ޕާޓީގެ އަސާސީޤަވާޢިދާއި ހެދިފައިވާ އުސޫލުތަކާއި މަޝްވަރާގެރިވެތިސިފަ ކަމަށެވެ.

އޭނާ ވިދާޅުވީ ނިމިގެންދިޔަ ޕީއެންސީ ސެނެޓް ބައްދަލުވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރައްވަން ރައީސް މުޢިއްޒު ހުށަނާޅުއްވާ ކަމަށާއި މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށްނިންމުމަށް ކަމަށެވެ.

"މިިޚަބަރުންސާފުވީ އަދަދުނޫސްފަދަ މިފަދަ މަދުބައެއް ނޫސްތަކާއި މިފަދަ ދޮގުޚަބަރުފަތުރާ ފަރާތްތަކަށް މިހާރުބައެއްބޭފުޅުން ލަނޑުދޭމިންވަރު އަދި ފައިސާދީގެން މިފަދަނޫސްތަކުގައި މިފަދަ ނޫސްވެރިންލައްވާ ކޮށްމެފަދަ ބޮޑެތި ދޮގުވާހަކަ ތަކެށްވެސްލިޔެވިދާނެކަން." ފަލާޙް ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒު އަކީ މިޤަޢުމު، ފަހުގެ ތާރީޚެއްގައި ދުށް، މުޅި ޤަޢުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާހޯއްދަވައިގެން ވެރިކަންކުރައްވާ ހަމައެކަނި ރައީސް ކަމަށް ފަލާޙް ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް