ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: މުއްޠަލިބް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ގެދޮރުވެރިކަމާއި އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒރު މިފަދައިން ވިދާޅުވެ އެކްސްގައި މެސެޖެއް ހިއްސާކުރެއްވި އަދަދު ނޫހުގައި ލިޔެ ޝާއިޢު ކޮށްފައިވާ ޚަބަރެއްގައި، ބުރާސްފަތި ދުވަހު ބާއްވާ ދިވެހިރާއްޖޭގެ އިންޖިނިއަރިން އެވޯޑުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ލައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެވޯޑެއް އެރުވުމަށް ހަމަޖެހިފައިވާކަން، އެ ނޫހަށް އެނގިފައިވާ ކަމަށް ބުނުމާއި ގުޅިގެންނެވެ.
މުއްޠަލިބް ވިދާޅުވީ އިންޖިންނިއަރިންގ އެވޯޑަކީ އުޞޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލާ، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލާ އިންޓަވިއުކޮށް އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ." ވަޒީރުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެއްވެސް ޙަޤީޤަތެއް ނެތް މި ޚަބަރު ލިޔެފައި ވަނީ ރައީސް ޑރ. މުޢިއްޒަކީ އިންޖިންނިއަރިންގ ދާއިރާއިން ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތަކަށް ވާތީ، އެވޯޑް ލިބުން ޙައްޤުކަމަށް ޢަދަދު ނޫހުން ޤަބޫލުކުރާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިވިލް އިންޖިނޭރެކެވެ. ރާއްޖޭގައި ކަނޑު ހުރަސްކޮށް އެޅި ފުރަތަމަ ބުރިޖް، ސިނަމާލެ ބުރިޖް އަޅާފައި ވަނީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރު ކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)