logologologologo
STO
ޚަބަރު

އަދަދު ނޫހުން އަނެއްކާވެސް ދޮގެއް ހަދައިފި، ރައީސްގެ މާލީބަޔާން ވެބްސައިޓްގައި އެބަހުރި

އަދަދު ނޫހުން އަނެއްކާވެސް ދޮގެއް ހަދައިފި، ރައީސްގެ މާލީބަޔާން ވެބްސައިޓްގައި އެބަހުރި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން، ރައީސް އޮފީހުގެ ވެބްސައިޓްގައި ފެންނަން ހުއްޓާ، އެ މަޢުލޫމާތު ހާމަކުރަން ރައީސް އޮފީހުން ދެކޮޅުހެދި ކަމަށް ބުނެ އަދަދު ނޫހުން އަނެއްކާވެސް ދޮގެއް ހަދައިފިއެވެ.

މިކަން ހާމަ ކުރައްވާ ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަދަދު ނޫހުގައި 6 އޮކްޓޫބަރު 2026 ގައި "ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި"، މިސުރުޚީގައި ޝާޢިއުކުރެވިފައިވާ ޚަބަރުގައި އެވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއްކަމަށެވެ.

މުންދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'އެސެޓް ޑެކްލެރޭޝަން' އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ޕީ.ޑީ.އެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ގޮތަށް މިހާރުވެސް ހިމެނިފައިވާ މަޢުލޫމާތެކެއް ކަމަށެވެ.

"އަދި، މިފަދައިން މިމަޢުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަންވެސް ވާނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް އާންމުކޮށް އިޢުލާން ކުރެވިފައެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

މުންދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން އަދި ސަރުކާރާ ގުޅުވައިގެން މެދުނުކެނޑި، ބޮޑެތި ދޮގުތައް "އަދަދު" ނޫހުން ފަތުރަމުންދަނީ ސިޔާސީ މަޤްސަދެއްގައި ކަމަށެވެ. އެހެންކަމުން، މިފަދަ ދޮގު މަޢުލޫމާތު ފާހަގަކޮށް، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކުރުމުގައި ފަސްނުޖެހޭނެކަމުގެ ޔަޤީންކަން މުންދު ވަނީ އަރުވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ 'އެސެޓް ޑެކްލެރޭޝަން'، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މި ލިންކުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. އަދި މި މަޢުލޫމާތަކީ މިއަހަރުގެ މޭ މަހުން ފެށިގެން އާންމުކޮށްފައިވާ މަޢުލޫމާތެއްކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް