ކުދި ވިޔަފާރިތަކަށް އެތެރެކުރާ މުދަލުން ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމައިފި

ކުދި ވިޔަފާރިތަކުގެ އުފެއްދުންތަކަށް އެތެރެކުރާ މުދަލުން ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ވަނަތަކަށް އިނާމް ދިނުމަށް މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުން 5 އަހަރު ދުވަހަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
އުފެއްދުންތެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެސްއެމްއީތައް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި އުފެއްދުންތެރިކަމުގައި ކުދި އަދި މެދުފަންތީގެ ދައުރު ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ލުއިތައް ދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން ހާމަކުރައްވައިފައެވެ. އެގޮތުން ސަރުކާރުން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު 3 ލުޔެއް ދޭން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެތެރެއިން އެއް ކަމަކީ ސަރުކާރުގެ މަސައްކަތެއްކޮށް ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަަށެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭ ގޮތަށް ނުވަތަ އަޅާ ކިޔާ ކެނޑޭ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިއުލާން ކުރައްވާފައެވެ.
ދެވަނަ ކަމަކަށް ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ނިންމައި ޤާނޫނާއި ޤަވާއިދުތަކަށް މިކަން ކުރުމަށް ގެންނަންޖެހޭ ބަދަލު ވަރަށް އަވަހަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތިންވަނަ ކަމަކަށް އެމަނިކުފާނު ވިދާޅުވީ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ސާމާނަށް އިމްޕޯޓް ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމާފައިވާ ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްއެސްއެމްއީ ސެކްޓަރުގައި މަސައްކަތް ކުރާ ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓް ކުރާ ރޯމެޓީރިއަލްސް/އައިޓަމްތަކަށް ލުއިދިނުމުގެ ގޮތުން، އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް 0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް 1 ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން، އުފެއްދުންތެރިކަމުގެ ދައިރާއަށް މީހުން ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެގޮތުން އެސްއެމްއީ ވިޔަފާރިތަކާއި ބައްދަލުކުރައްވާ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވައި މިހާތަނަށް ބައެއް ހައްލުތައްވެސް ހޯދިފައިވާކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)