logologologologo
STO
ޚަބަރު

އަންނަ މަހުން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ: ރައީސް

އަންނަ މަހުން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 25

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ކުދި ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި ބީއެމްއެލް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެއެވެ۔ އަދި އެގޮތަށް ލިބޭ ޑޮލަރު، ކާޑު މެދުވެރިކޮށްނާއި ރެމިޓެންސް އުސޫލުން ބޭރުގެ މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށާއި ވިޔަފާރި ސަބްސްކްރިޕްޝަންތަކަށް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ބޮޑެތި ފަސޭހަތަކެއް ލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ނެތިގެންދާނެއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުން މާލީ ގޮތުން ބާރުވެރިކުރުވައި، އަމިއްލަ ވިޔަފާރިތައް ފެށުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މީގެއިތުރުން، އެސްއެމްއީ ދާއިރާއަށް މިހާތަނަށް 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށް 1،000 އަށްވުރެ ގިނަ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ۔ އަދި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ފެށި "ޔޫތު އެންޓްރަޕްރިނިއަރޝިޕް ޕްރޮގްރާމް" ގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަމަށާއި، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް