ޝަހުޒާން މިހަދަނީ ކަނޑައެޅިގެން %100 ދޮގު!

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޖަލު ހުކުމް ތަންފީޒުކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝާހުޒާން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން 100% ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ޖަލުގައި ހިނގާދިޔަ ކަންތައްތަކުގެ ހަގީގަތް ހޯމް މިނިސްޓަރ އިހުސާން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ އިހުސާން ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭގޮތުގައި، މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، އެ ރޭގަނޑު 19:35 އެހާކަންހާއިރު މާފުށީ ޖަލުގައި ޝާހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ކަރެކްޝަންސްގެ އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި ދެ މީހުންގެ ހާޒިރުގައި ގޮޅި ފާސްކުރިއިރު، ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުމާ ގުޅިގެން، ޖަލުގައި މިފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުގެ ދަށުން، މިއީ މޮނިޓަރ ކުރަންޖެހޭ ކަމެއް ކަމަށްވާތީ އެ ދެމީހުން ވަނީ ވަކި ދެ ގޮޅިއަކަށް ބަދަލުކޮށްފައެވެ. އަދި އެއަށްފަހު ވެސް، ޖަލުގެ އާންމު އުސޫލުން ވަކި އިންޓަވަލްތަކެއްގައި އެ ގޮޅިތައް ދިޔައީ ބަލައި ފާސްކުރަމުންނެވެ.
މިނިސްޓަރ ވިދާލުވިގޮތުގައި މި ކަމަކީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރި ކަމެއް ނޫން ކަމަށާއި، ޖަލުގައި ހިންގާ މިފަދަ ސަލާމަތީ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫންކަން ވަނީ ސާފުކޮށްދީފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެއްވެސް އިރެއްގައި ޖަލުގެ މިފަދަ ކަންކަމާ ގުޅިގެން އެއްވެސް މިންވަރެއްގެ އިރުޝާދެއް ދެއްވާފަ ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި ސީރިއަސް މައްސަލަ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ ރަސްމީކޮށް ތަހުގީގު ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)