މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި ކަމަށްބުނެ އަދަދު ނޫހުން ގެނެސްދިނީ ދޮގު ހަބަރެއް

ޔޫތް މިނިސްޓްރީގެ ކުރީގެ 2 ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި ކަމަށްބުނެ އަދަދު ނޫހުން ގެނެސްދިނީ ދޮގު ހަބަރެއް ކަމަށް ދުވެލިއަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަން މަލްޝާ އަދި ޝިއުނާ ވެސް ވަނީ ދޮގުކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރީ އެ މީޑިއާގައި ފޮޓޯގްރާފަރެއްގެ ވަޒީފާގައި އަދާ ކުރަމުންދިޔަ ރާއިފް ޔޫސުފް އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ޕްރޮބޭޝަން ފުރިހަމަ ނުވާތީ އެވެ. މިކަމުގައި މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމަކާއި އެއްވެސް ގުޅުމެއް ނުވާކަން ދުވެލިއަށް ވަނީ ކަށަވަރުވެފައެވެ.
ބެލެވޭ ގޮތުގައި ރާއިފް މިފަދަ މޭރުމަކުން ވާހަކަ ފަތުރަމުން ގެންދަނީ ޕްރޮބޭޝަން ފުރިހަމަ ނުވާތީ އޭނާ ވަޒީފާއިން ވަކިކުރުމުން އެކަމުގެ ނުރުހުމުގައެވެ.
މި ހަބަރު ގެނެސްދީފައިވާ އަދަދު ނޫހަކީ މީގެ ކުރިންވެސް ދޮގު ހަބަރު އެތައް ފަހަރެއްގެ މަތީން ގެނެސްދީފައިވާ ނޫހެކެވެ. އެގޮތުން ރައީސް އޮފީހުގައި ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނެވެސް އަދަދު ނޫހުން މީގެ ކުރިން ވަނީ ދޮގު ހަބަރެއް ގެނެސްދީފައެވެ.
އަދަދު ނޫހަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވަރަށް ބޮޑަށް ދިފާއުކޮށް އެމަނިކުފާނުގެ ވާދަވެރިންގެ އަގުވައްޓައިލުމަށް ތަފާތު އެކި ޚަބަރުތައް ގެނެސްދިން ނޫހެކެވެ. އެ ނޫހަކީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައިވެސް ވަރަށް ގިނަ މީހުން މީގެ ކުރިންވެސް ސިފަކޮށްފައިވެއެވެ.
2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވެސް އަދަދު ނޫޙުން ވަނީ މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު އާއި ގުޅޭގޮތުން އެތައް ދޮގު ވާހަކަތަކެއް ފަތުރާފައެވެ. އެހެންނަމަވެސް އާންމު ގިނަ ރައްޔިތުން އެވާހަކަތައް ގާބުލެއް ނުކުރެއެވެ. އެ އިންތިހާބުގެ ތެރޭގައި އަދަދު ނޫހުން ދޮގު ހަބަރު ގެނެސްދޭތީ އެނޫޙުގެ ސީއީއޯ ހުސައިން ފިޔާޒުއަށް "ދޮންއަމާ" ގެ ނަމުގައި ވަނަމެއްވެސް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)