
އަދަދު ނޫހުގެ އާއިދު، ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ނޭރުވުމުން ހިތްހަމަނުޖެހިގެން ހަޑިހުތުރު ބަހުން ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަނީ
އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދު ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ނޭރުވުމުން ހިތްހަމަނުޖެހިގެން ހަޑިހުތުރު ބަހުން ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އާއިދު ވަނީ މަޖިލީހަށް ވައްދާފައިވާ މީޑިއާ ރެގިއުލޭޓްކުރާ ބިލާ ގުޅޭގޮތުން ރާއްޖެޓީވީގެ ޕްރޮގްރާމަކަށް އޭނާގެ ބަދަލުގައި އެހެންމީހަކު އެރުވުމާ ގުޅިގެން އޭނާ ވަނީ ހިތްހަމަނޖެހިގެން ވާހަކަ ދައްކާފަ އެވެ. އެވާހަކަތަކުގައި ވަރަށް ހަޑިހުތުރުބަސްތައް އާއިދު ވަނީ ބޭނުންކޮށްފަ އެވެ.
އާއިދު ހާޑިހުތުރު ބަސްތަކުން ވާހަކަ ދައްކާ ވީޑިއޯ އާންމުވުމާ ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އެމްޑީޕީ އާއި ގުޅުންބޮޑު ނޫސްވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އާއިދު ވަނީ މިހަފްތާގެ ތެރޭގައިވެސް ދޮގު ހަބަރެއް އެނޫހުގައި ޝާއިއުކޮށްފައެވެ. އެއީ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އެމްޑީޕީން ވަކިވެ ފައްޔާޒުއަށް ފޮނުވި ސިޓީގައި އޭނާ އެޕާޓީން ވަކިވީ ސިޔާސީ މަގާމެއް ފުރުމަށްކަމަށް ބުނެފައިވާ ކަމަށްބުނެ އޭނާ ޝާއިއުކުރި ހަބަރެވެ. އެ ސިޓީގައި ސިޔާސީ މަގާމެއް ލިބުނު ވާހަކައެއް މަހުލޫފު ބުނެފައެއް ނުވެއެވެ. މި ދޮގު ހަބަރާ ގުޅިގެން ވެސް އާއިދުއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!2026 ޖެނުއަރީ 23
އިސްލާމްދީނަށް ހަޖޫޖަހާ އަދަދު ނޫހުން ކާޓޫން ކުރެހުމުން މީޑިއާތަކުން އެކަން ކުށްވެރިކޮށްފި2026 ޖެނުއަރީ 23
އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފި 2026 ޖެނުއަރީ 22
ޚަލީލުގެ މެސެޖެއް: ނުކުރާންވީ ކަމަކީ ރާއްޖޭގެ ސިޔާދަތީ ބާރު ވެރިކަމަށް މިދިޔަ ސަރުކާރުން ކުރިކަހަލަ ކަންކަން!2025 ޖުލައި 22