logo
logo
އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފި

އަދަދު ނޫހުން އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފި

2026 ޖެނުއަރީ 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭ ކަމަށް މީގެކުރިން އަމިއްލައަށް އެއްބަސްވެފައިވާ ހުސައިން ފިޔާޒުގެ އަދަދު ނޫހުން ރައީސް މުޢިއްޒަށް ފާޑު ކިޔުމަށްޓަކައި އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރަހައިފިއެވެ.

އަދަދު ނޫހުން ކުރަހާފައިވަނީ ނަމާދުކުރާ މީހެއްގެ ޖީބުން ފައިސާ ފެންނަގޮތަށް ހުރި ކާޓޫނެކެވެ.

މިކަމާގުޅިގެން ވަރަށް ގިނަ ރައްޔިތުން ވަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދަދު ނޫހަކީ އަބަދުވެސް އެމްޑީޕީކޮޅަށް ވަރަށް ބޮޑަށް ބުރަވެގެން ނޫސްވެރިކަންކުރާ ނޫހެއްކަން އާންމު ރައްޔިތުން ފާހަގަކުރެއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލުމަށްޓަކައި ވެސް އަދަދު ނޫހުންވެސް ވަރަށް މަސައްކަތްކުރިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް