
އަދަދު ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު އެމްޑީޕީން ދިފާޢުކޮށްފި!
ޒައުޖަތު އަޙުމަދުރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "އަދަދު" ނޫހުން ދީނަށް ފުރައްސާރަވާ ގޮތަށް ގެނެސްދިން ކާޓޫނު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ދިފާޢުކޮށްފިއެވެ.
އެނޫހުން ދަނީ ސަރުކާރުގެ އިސް ފަރާތްތަކުގެ ސިފާގައި ސިޔާސީ ކާޓޫން ހަދާ ޝާއިޢު ކުރަމުންނެވެ. އެ ކާޓޫނުތަކުގައި ސަރުކާރުގެ އެކި ނިންމުތަކަށާއި ބޭފުޅުންނަށް މަލާމާތްކޮށްފައިހުރެއެވެ.
އާންމުކޮށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް ޚަބަރުތައް ގެނެސްދޭ "އަދަދު" ނޫހުން އިއްޔެ ޝާއިޢު ކޮށްފައިވަނީ ނަމާދުކުރާ މީހެއްގެ ޖީބުން މީހަކު ފައިސާ ވަގަށްނަގާ ގޮތަށް ހުރި ކާޓޫނެކެވެ.
އަދަދު ނޫހުގައި ޝާއިޢުކުރި އެ ކާޓޫނަކީ އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކާޓޫނެއް ކަމަށް ދީނީ ޢިލްމުވެރިންނާއި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެކަމާއި ގުޅިގެން ގިނަ ރައްޔިތުން ވަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓު ކުރާ މީޑިއާ ކޮމިޝަނުން ވަނީ އެ ކޮންޓެންޓު ފޮހެލުމަށާއި، އެކަމާގުޅިގެން ކޮމިޝަނަށް ޖަވާބުދާރީވުމަށް އެ ނޫހަށް އަންގާފައެވެ. ނަމަވެސް އުސޫލާ ޚިލާފު އެއްވެސް ކަމެއް އެ ކޮންޓެންޓްގައި ހިމެނިފައިނުވާނެ ކަމަށް ބުނެ "އަދަދު" ނޫހުން ވަނީ އެކަން ދިފާއުކޮށްފައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ "މަންމަ" ކަމަށް އަމިއްލަފުޅަށް ވެސް ވިދާޅުވާ، އެމްޑީޕީ ސަރުކާރުގައި ދިފާޢީ ވަޒީރުކަން ކުރެއްވި މާރިޔާ އަޙުމަދު ދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދު ނޫހުގައި ޝާއިޢުކުރި ދީނަށް ހަޖޫޖެހި ޕޯސްޓަކީ ސަރުކާރަށް ފާޑުކިޔާ ކުރެހުމެއް ކަމަށާއި މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަކީ މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނެއް ކަމަށެވެ.
ނަމަވެސް އަދަދު ނޫހުގެ މި ކާޓޫނާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ކުރައްވާފައިވާ ޕޯސްޓުތަކުގައި ވިދާޅުވެފައި ވަނީ އެއީ ސިޔާސީ ކާޓޫނެއް ނޫން ކަމަށާއި އެއީ "ލާދީނީ" ކާޓޫނެއް ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވާ ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު ގޮވާލަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި2026 މާރިޗު 23
އެމްޑީޕީގައި އިސްކޮށް ތިބީ "ދަލުބޭރުން" ޖެހިގެން އައި ބައެެއް: ސަަރަނގު އާދަމް މަނިކު2026 މާރިޗު 22
ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިންގުމަށް ހުރަސް ނޭޅުމަށް އެ ކުންފުނިން އެމްޑީޕީއަށް އިލްތިމާސްކޮށްފި2026 މާރިޗު 16
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ: ޝުޖާޢު 2026 މާރިޗު 15