logo
logo
އެމްޑީޕީގައި އިސްކޮށް ތިބީ "ދަލުބޭރުން" ޖެހިގެން އައި ބައެެއް: ސަަރަނގު އާދަމް މަނިކު

އެމްޑީޕީގައި އިސްކޮށް ތިބީ "ދަލުބޭރުން" ޖެހިގެން އައި ބައެެއް: ސަަރަނގު އާދަމް މަނިކު

2026 މާރިޗު 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

އެމްޑީޕީގެ އިސް ސަފުގައި މިހާރު ތިބީ "ދަލު ބޭރުން" ޖެހިގެން އުޅޭ ބައެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެ ޕާޓީގެ އިސް ސަފުގައި އުޅުއްވި ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ

މާލެ ސިޓީ ކައުންސިލްގެ މޭޔަރަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދުކުރާކަން ހާމަކޮށް މީޑިއާތަަކަށް ދެއްވި އިންޓަވިއެއްގައި އާދަމް މަނިކު ވިދާޅުވީ އެމްޑީޕީއަކީ މިހާރު ކުރީގެ އެމްޑީޕީއެއް ނޫން ކަމަށެވެ. ކުރީގެ ޑީއާރުޕީ އަށް ނިސްބަތް ނުވާ ބޭފުޅަކު އެމްޑީޕީގެ އިސް ސަފުގައި ނެތް ކަމަށެވެ. އެމްޑީޕީއަށް މިހާރު އޭނާގެ ބަސް ކަމަކު ނުދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބަސް މިހާރު [އެމްޑީޕީ އަށް] ކަމަކު ނުދާނެ. އަޅުގަނޑުމެން ނުލާހިކު ބޮޑަށް އެމްޑީޕީ އެއްޗަކަށް ހަދައިގެން، ފުރަތަމަ ދައުރުގައި ވެރިކަން ކޮށްގެން މި ހުރިހާ ކަމެއް ކުރީމާ އޭގެ ހަނދާނެއް ނެތޭ،" އާދަމް މަނިކު ވިދާޅުވި އެވެ.

މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިިކު ވިދާުޅުވީ، ކުރީގެ އެމްޑީޕީ މިހާރު ނެތް ކަމަށާއި ކުރީގެ ޑީއާރުޕީ އަށް ނިސްބަތް ނުވާ ބޭފުޅަކު އެމްޑީޕީގެ އިސް ސަފުގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިއަދު [އެމްޑީޕީގެ އިސް ސަފުގައި] އެ ތިބީ. އަބްދުﷲ ޝާހިދު [އެމްޑީޕީގެ ރައީސް] އަކީ ކާކުތޯ؟ [ކުރީގެ ޗެއާޕާސަން] ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟."

އާދަމް މަނިކު ވިދާޅުވީ އެމްޑީޕީއިން ވަކިވީ ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީ އެމްޑީޕީއަކަށް ހެދުނު ދުވަހަކުން އެ ޕާޓީގެ ސަފުން އަނެއްކާ ފެނިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އާދަމް މަނިކު ވިދާޅުވީ ރައީސް މުއިއްޒަކީ ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށެވެ. މި ވެރިކަމުގެ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ރައީސް މުއިއްޒު ގޯސްކޮށް ކުރެއްވި ކަމެއް ފެނިވަޑައެއް ނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ކޮވިޑްގެ ދުވަސްވަރު ފައިސާ ގެއްލިގެން އުޅޭ ވާހަކަ އަޑު އިވުނަސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެފަދަ ކަމެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމާލިއިރު އޮތީ "ފައިކޭޓުގައި ލޯވަޅު" އެޅިފައި ކަމަށާއި ދައުލަތަށް ލިބޭ ފައިސާތައް ދަނީ އެކަންކަން ފޫބައްދަން ކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށް ވުމުން ޑިސިޕްލިން ހުންނާނެ ކަމަށެވެ. ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި މޫސާ އަލީ ޖަލީލް ދަތުރު ކުރައްވާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް