logo
logo
މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފި

މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފި

2026 މާރިޗު 22
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު މޫސާ ޖަލީލަށް ތާޢީދުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު މާލޭސިޓީގެ މޭޔަރުކަން ކުރެއްވި ސަރަނގު އާދަމް މަނިކު އެކަން އިއުލާން ކުރެއްވީ މާލޭގެ މޭޔަރުގެ މަގާމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. 

އާދަމް މަނިކު ވިދާޅުވީ، ގެދޮރު އެޅުމާއި މަގުތައް ފުޅާކުރާ ވާހަކަ ދައްކާއިރު މިހާތަނަށް އެއީ އެއްވެސް ސިޓީ ކައުންސިލަކަށް ވި ކަމެއް ނޫން ކަަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށާއި ސަރުކާރާ ގުޅިފައިވާ މޭޔަރު ހުންނަވައިގެން ނޫނީ ކަންކަން ނުކުރެވޭނެ ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ މޫސާ ޢަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށާއި އެ ނޫން މީހަކު އިންތިޚާބު ކޮށްގެން ޖަހާނީ ނުއަތުބުރެއް ކަމަށެވެ. އަދި ޤާބިލްކަމާއި ފައިސާ ވެސް އޮތީ ސަރުކާރުގައި ކަމަށް ވާތީ މާލެއަށް ޙާޞިލް ވާނީ ސަރުކާރުން ކޮށްދިން ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ ޢަލީ ޖަލީލަށް ތަޢުރީފު ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށް ވުމުން ޑިސިޕްލިން ހުންނާނެ ކަމަށާއި ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި މޫސާ އަލީ ޖަލީލް ދަތުރު ކުރައްވާނެ ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް