logo
logo
ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް

ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ރައީސް

2026 މާރިޗު 14
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ކައުންސިލްތައް ބާކީކޮށް ބާރު ކަނޑުވާލުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ކޮންގްރެސް ޕާޓީން އިއްޔެ ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ލޯކަލް ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، އެފަދަ ކަންކަން ސަރުކާރުން ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކަމަށާއި މިއީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ އިންތިޚާބެއް ކަަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އަދި އެކަން ކުރަން ވަރަށް ބޮޑަށް ބޭނުންވެ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ނިޒާމެއް ކަަަމަށެވެ. އެމަނިކުފާނު ވަނީ މާލޭގެ މޭޔަރުކަން 2 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވާފައިކަން ފާހަގަކުރެވެއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައްޔާއި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކު ކޮންގްރެސް ޕާޓީން ބޭއްވި ސައިކަލްބުރުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ބައިވެރިވެލެއްވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް