
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް
އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އަގު ވެސް މައްޗަށް ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެއްޗަށް ބަލާއިރު އެކަން އޮތީ ހަނގުރާމައިގެ ކުރިން ވެސް އޮތް ހާލަތުގައި ކަމަށެވެ. ރާއްޖޭގައި ހަނޑޫ ހަކުރު ފުށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ކުރިން ވެސް ހުރި އަދަދަށް އަބަދުވެސް ގެނެވި ސްޓޮކް މެއިންޓެއިން ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެކަމުގައި އެއްވެސް ކަހަލަ ދަތިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. އެކަމުގައި އެއްވެސް ކަންބޮޑުވިމެއް ނެތް ކަމަށާއި އަގުވެސް މައްޗަށް ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހަނގުރާމައާިއ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކާއި ގުޅޭގޮތުން ވަރަށް ގާތުން ހުރިހާ ކަމަކަށް އެޑްރެސް ކުރަމުންދާ ކަމަށާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް ގެންދާނީ އަޅަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ގްރޮސް ރިޒާވް 18 މާޗާއި ހަމައަށް ދިޔައިރުގައި ހުރީ މީގެ ކުރިން ވެސް ނުދާ މިންވަރަށް މައްޗަށް ގެންދެވިފައި ކަމަށެވެ. 1.2 ބިލިއަން ޑޮލަަރަށްވުރެ މަތީގައި މެއިންޓެއިން ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ޔޫސަބަލް ރިޒާވް ވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި މެއިންޓެއިން ކުރެވެމުންދާ ކަމަށެވެ. ސްކޫކް ޕޭމަންޓް ވެސް ދެއްކުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ 2026 މާރިޗު 16