logo
logo
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

2026 މާރިޗު 16
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ.

ރައީސްގެ މެސެޖްގައި ވިދާޅުވީ ޢަބްދުލްމުޢިއްޒުއަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމަށެވެ.

ރައީސްގެ މެސެޖްގައި ވަނީ މަރްޙޫމްގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެމްބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވާފައި ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.

ތެލެސީމިއާ ބައްޔާއިއެކު ދިރިއުޅުއްވަމުން އައި ޢަބްދުލްމުޢިއްޒުއަކީ ތަޢުލީމީ ވުޒާރާގައި ވެސް ޚިދުމަތް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް