ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އިތުރު ވަގުތު ދީފި

ކައުންސިލް އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު އޮބްޒާވްކޮށް މޮނީޓަރ ކުރަން ބޭނުންވާ ފަރާތަތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އިންތިޚާބުގެ އޮބްޒާވަރުންނަށާއި މޮނިޓަރުންނަށް ވުމަށް އިތުރު ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ 15:00 އާއި ހަމައަށެވެ.
އިލެކްޝަނުން ބުނީ ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ. މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، އެ ފަރާތްތަކުގެ މަޢުލޫމާތުގެ އިތުރުން މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
އަންނަ މަހު ބާއްވާ އިންތިޚާބުގައި ގިނަ އަދަދެއްގެ ފޮށި ބަހައްޓާއިރު އޮބްޒާވަރަކަށް ވުމަށާއި މޮނީޓަރަކަށް ވުމަށް ގިނަ އަދަދެއް ބަޔަކު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހެޅިއިރު އިންތިޚާބު އޮބްޒަރވުކުރުމަށް 1,477 ފަރާތަކުން ފޯމު ވަނީ ހުށަހަޅާފައެވެ. އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)
