ސިނާން ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމައިފި!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި މުހައްމަދު ސިނާން، ވާދަ ނުކުރުމަށް ނިންމައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ، ނިމިދިޔަ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓްދެއްވި ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ނުހަނު ލޯތްބާއެކު ޝުކުރުދަންނަވާ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އަޅުގަނޑުގެ ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައިވެސް ވަނީ ޝުކުރު ދަންނަވާ ކަމަށް ސިނާން ވިދާޅުވިއެވެ.
ނަމަވެސް މިދިޔަ 3 ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމި ކަމަށް ސިނާން ވިދާޅުވިއެވެ.
އެ މިނިންމުން މިހާރު ޕާޓީގެ ލޮބުވެތި ރައީސަށާއި ލީޑާޝިޕަށް ދަންނަވާފައިވާ ކަމަށާއި ނިންމުން ޕާޓީގެ ރައީސާއި ލީޑާ ޝިޕް އިޚްތިރާމާއެކު ބަލައިގެންފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ.
ސިނާންގެ ގޮނޑި ގެއްލުމާއެކު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވި ސިނާންއާއި އައްޑޫ ސިޓީ ކައުންސިލްގައި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައި ހުންނެވި އަހްމަދު ސައީދެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
އިތުރަށް





.gif.gif&w=828&q=100)
