އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލި ދެ ދާއިރާގެ އިންތިޚާބު ޖޫންގައި

ޑަބުލިއުޑީސީއަށް އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން ކެންޑިޑޭޓުން ކުރިމަތިލި ދެ ދާއިރާގެ އިންތިޚާބު ޖޫންގައި ބާއްވަން އިލެކްޝަންސް ކޮމިޝަން، އީސީން ނިންމައިފިއެވެ.
އީސީން ބުނީ 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް 2026 ޖަނަވަރީ 17 އިން ފެބުރުވަރީ 1 އަށް ހުޅުވާލި މުއްދަތުގައި ވ. ރަކީދޫ އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާކަމަށެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 6-56 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު 2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ޤަވާޢިދު) ގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި 2 ރަށުގައި ބާއްވަންޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށް އީސީން މިއަދު ކުރި އިޢުލާނެއްގައި ބުންޏެވެ.
އިލެކްޝަނުން މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 18 މެއި 2026 ވާ ހޯމަ ދުވަހުގެ 15:00 އާއި ހަމައަށެވެ.
އިލެކްޝަނުން މި ފުރުޞަތު ހުޅުވާލާފައި ވަނީ ވ. ރަކީދޫ ޑަބުލިއުޑީސީގެ ރައީސް އަދި ޑަބުލިއުޑީސީ މެމްބަރެއްގެ އިތުރުން މ. ރަތްމަންދޫ ޑަބުލިއުޑީސީ ރައީސް އަދި ޑަބުލިއުޑީސީ 2 މެމްބަރުގެ މަޤާމަށް ކުރިމަތިލުމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
