logo
logo
އެމްޑީޕީގެ އެދުމުގެމަތިން  އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި

އެމްޑީޕީގެ އެދުމުގެމަތިން އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފި

2026 މާރިޗު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެދުމުގެމަތިން، ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން އެ ޕާޓީއާ ބައްދަލުކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް، އެމްޑީޕީގެ އެދުމުގެ މަތިން އެ ކޮމިޝަނުން، އެ ޕާޓީއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގެ ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

 

 

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމްއާ ބައްދަލުކޮށްފައިވާއިރު، މި މައްސަލަ ސުޕްރީމް ކޯޓަށް ވެސް މިހާރު ވަނީ ހުށަހަޅައިފައެވެ. ޤާނޫނީ 2 ވަކީލުން ގުޅިގެން، ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ މިއަދު އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

އެމްޑީޕީން މިކަމާ ދެކޮޅު ހެދި ނަމަވެސް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޢަދާލަތު ޕާޓީން ވެސް ވަނީ ނިންމައިފައިކަން ފާހަގަ ކުރެވެއެވެ.


ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް