logologologologo
STO
ޚަބަރު

އެމްޑީޕީގެ ރައީސްގެ މަގާމް އުވާލައިފި

އެމްޑީޕީގެ ރައީސްގެ މަގާމް އުވާލައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 03

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއިން އެޕާޓީގެ އަސާސީ ޤަވާއިދަށް އިސްލާޙު ގެނެސް ޕާޓީގެ ރައީސްގެ މަގާމް އުވާލަން ފާސްކޮށްފިއެވެ.

މާލޭސިޓީ ހޯލުގައި މިހާރު ކުރިއަށްދާ ކޮންގްރެސްގައި، މިއަދު ހަވީރު ބޭއްވި ސެޝަންގައި އެ ޕާޓީގެ އަސާސީ ޤަވާއިދަށް ހުށަހެޅި ހުރިހާ އިސްލާހަކަށް ވޯޓަށް އަހާފައިވެއެވެ. އިސްލާޙުތައް ފާސްވީ 500އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކުގައެވެ.

ޕާޓީގެ ރައީސްގެ މަޤާމު އުވާލުމުން، ޕާޓީގެ އެންމެ އިސް މަޤާމަކީ ޗެއާޕަސަން ކަމަށް ވަނީ ނިންމައިފައެވެ. އަދި ޕާޓީގެ ނައިބު ރައީސުންގެ އަދަދު ތިނަކަށް އިތުރުކުރުމާއި، އޭގެ ތެރެއިން އެކަކީ އަންހެން މެންބަރަކަށް ހެދުމަށް އަސާސީ ޤަވާއިދަށް އިސްލާޙު ގެނެސްފައިވެއެވެ.

ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިއްޖެނަމަ ސިޔާސަތުތައް ކަނޑައަޅާއިރު ޤައުމީ މަޖިލީހުގެ މަޝްވަރާ ހޯދުން ލާޒިމްކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރަކަށް ޗެއާޕާސަން އައްޔަން ކުރުމަށްވެސް އަސާސީ ޤަވާއިދަށް ގެނައި އިސްލާޙުތަކުގައި ހިމަނާފައިވެެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ހުށަހެޅި އިތުރު އިސްލާޙުތަކުގެ ތެރޭގައި ޕްރައިމަރީގައި ވޯޓު ލެވޭނީ ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނި ތިން މަސްދުވަސް ހަމަވުމުންކަމަށް ކަނޑައެޅުން ހިމެނެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާޢިދަށް އަލަށް ގެނައި އިސްލާޙުތަކާއެކު އަސާސީ ޤަވާއިދު ފާސްކުރުމަށް ވޯޓުނެގުން މިރޭ އޮންނަ ކޮންގްރެސްގެ ނިންމުމުގެ ޖަލްސާގައި ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޢަބްދުﷲ ޝާހިދު ވަނީ އޮގަސްޓް 2026 ގައި އެ މަގާމުން އިސްތިޢުފާ ދެއްވާފައެވެ. ޝާހިދު އިސްތިޢުފާ ދެއްވީ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް