logologologologo
STO
ޚަބަރު

އެމްޑީޕީގެ ރައީސްގެ މަގާމުން ޝާހިދު އިސްތިޢުފާ ދެއްވައިފި

އެމްޑީޕީގެ ރައީސްގެ މަގާމުން ޝާހިދު އިސްތިޢުފާ ދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 14

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރައީސްގެ މަގާމުން ޢަބްދުﷲ ޝާހިދު އިސްތިޢުފާ ދެއްވައިފިއެވެ.

ޝާހިދު އިސްތިޢުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހުގައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރެއްވީ މިރޭ އައްޑޫގައި ބޭއްވި ޖަލްސާގަ އެވެ.

ޝާހިދު ވިދާޅުވީ އޭނާ ވެގެންދާނީ ޕާޓީގެ ހުރިހާ އާންމު މެންބަރުންގެ މީހަކަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، ބައެއް ބޭފުޅުން ކައިރީ އެ ވާހަކަ ދައްކަވާ ނަމަވެސް އެ ނިންމުން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވައި ފައްޔާޒަށް ތާޢީދު ކުރައްވަން ނިންމަވާފައިކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް