logologologologo
STO
ޚަބަރު

ހިސާބު ޢަދަދުތައް ދައްކަނީ އެމްޑީޕީގެ އަޑާއި މަންޒަރު ދިމާ ނުވާކަމަށް: ސަޢީދު

ހިސާބު ޢަދަދުތައް ދައްކަނީ އެމްޑީޕީގެ އަޑާއި މަންޒަރު ދިމާ ނުވާކަމަށް: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 14

ހިސާބު ޢަދަދުތައް ދައްކަނީ ޑޮލަރު މައްސަލާގައި އެމްޑީޕީގެ އަޑާއި މަންޒަރު ދިމާނުވާކަން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު ވިދާޅުވީ ރަސްމީ ރޭޓު ކަމުގައިވާ 15.42ގެ ރޭޓުން، އެމްޑީޕީ ސަރުކާރާއި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އަޅާކިޔާލާއިރު، ބޭންކު މެދުވެރިކޮށް ޔޫއެސްޑޮލަރު ދޫކުރެވުނު ނިސްބަތް އަދި ޢަދަދުތައް މާބޮޑަށްވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރީގައި އުޅޭކަމަށެވެ.

"އެއީ އަދި އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނިން ބަޔެއް (1.2 ބިލިއަން ޑޮލަރު) ވެސް ދައްކާ ރާއްޖެ ބަނގުރޫޓު ވުމުން ސަލާމަތްކޮށް!!" ސަޢީދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވިއެވެ.

އެއީ ބޭންކުން ވިޔަފާރި ތަކަށް ދޫކުރާ، ޓީޓީ ކަމުގައިވިޔަސް، ބޭސްފަރުވާ، ދަރިވަރުންނަށް ފޮނުވާފައިސާ، ޙައްޖު ޢުމްރާ އަދި ބޭރަށްފުރާ ފަރާތްތަކަށް ކަމުގައި ވީނަމަވެސް މިއަދުގެ ސަރުކާރުން ރައްޔިތުންގެ މިފަދަ ބޭނުންތަކަށް ދޫކުރި ޑޮލަރު މާ ގިނަ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ ރަޢީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު އެގެންދަވަނީ، އެމްޑީޕީ މިޤައުމު ވައްޓާލި އިޤްތިޞާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން ކަމަށެވެ.

 

View post on Twitter

 

ސަޢީދު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރަށް ރާއްޖެއަށް ޑޮލަރު އިތުރުކޮށް ނުދެވޭނަމަ، އެ ޑޮލަރު ރާއްޖެއަށް ގެންނަން އެމްޑީޕީއަށް އެނގޭ ކަމަށާއި މި ސަރުކާރަށް ފެހި ނުކުރެވުނު ސިންގްނަލްތައް އެމްޑީޕީއަށް ފެހިކުރަން އެނގޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު، އަންނި ވިދާޅުވެފައިވަނިކޮށްކަން ފާހަގަ ކުރެވެއެވެ. 

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލެން މެދުވެރިވީ ނިމިދިޔަ، އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމުން ކަމަށް އިޤްތިޞާދީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ 5 އަހަރުގެ ދައުރުގައި ވަނީ ވޭތުވެދިޔަ 40 އަހަރުގައި ޗާޕު ނުކުރާވަރަށް ފައިސާ ޗާޕުކޮށްފައެވެ. އެގޮތުން އެ ވެރިކަމުގައި މާލިއްޔަތު ޤާނޫނުގެ މާއްދާތައް ސަސްޕެންޑުކުރުމަށްފަހު 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރިއެވެ. ނަމަވެސް މި ސަރުކާރުން އެއްވެސް ފައިސާއެއް ޗާޕުކޮށްފައި ނުވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންކަން ފާހަގަ ކުރެވެއެވެ.

ޑޮލަރު ލިބުން ދަތިވެ، ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް "ދަތިވެއްޖެ" ކަމަށް ބުނެ އެމްޑީޕީން ރޭ މާލޭގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. މީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަންކަން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް