ޝާހިދުގެ ކެމްޕޭނުގެ ކުރީސަފުގައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވުނު އަލީ ވަހީދު

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ދުރާ ކެމްޕޭން ކުރަމުން އަންނަ އެޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ކެމްޕޭނުގެ އިސް ސަފުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެންމެ ކުރީ ސަފަށް ނެރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަބްދުﷲ ޝާހިދުއަށް އަމާޒު ވެއްޖެ އެވެ.
އަލީ ވަހީދު މިިނިސްޓަރުކަމުން ވަކިކުރީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ވެސް ކުރި މައްސަލައެއްގައެވެ. އަލީ ވަހީދު މިނިސްޓަރު ކަމުގައި ހުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ މުވައްޒަފުން ބުނެއެވެ. އެގޮތުން އެ މުވައްޒަފުން ވަނީ އަލީ ވަހީދުގެ ޝަކުވާ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.
ޝާހިދުގެ ކެމްޕޭން ދަތުރުގައި އެމްޑީޕީގެ ޓިކެޓްގައި އެންމެ ފަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް، ނާކާމިޔާބުވި އަލީ ވަހީދު ބައިވެރިވެ އެވެ. ޖަލްސާތަކުގައި ވާހަކަ ދައްކައްކަވާ ހެއްދެވި އަލީ ވަހީދު ބައިދަވަނީ ވެސް ޝާހިދު އާއި އަރިހުގައި ކުރީ ސަފުގަ އެވެ.
އަބްދުﷲ ޝާހިދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އަލީ ވަހީދު ބައިވެރިކުރުމުން އެ ޕާޓީގެ ވެސް ވަރަށް ގިނަ އާންމު މެމްބަރުން ނުރުހުން ފާޅުކޮށްފައި ވާކަން ފާހަގަކޮށްލެވެ އެވެ.
އިތުރަށް





.gif.gif&w=828&q=100)