ޚަބަރު
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ރިކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި

މުހައްމަދު ރިފާއު2026 އޯގަސްޓު 31
އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބޭގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ އެ ކުއްޖާގެ ބައްޕަ އެވެ.
ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރިކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ވެސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

.gif.gif&w=828&q=100)
