logologologologo
STO
ޚަބަރު

ބޭނުންވަނީ މުޒާހަރާކޮށް އަޑު ގަދަކުރަން: އެމްޑީޕީ

ބޭނުންވަނީ މުޒާހަރާކޮށް އަޑު ގަދަކުރަން: އެމްޑީޕީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 09

އަންނަ ބްރާސްފަތިދުވަހުގެ އެމްޑީޕީގެ މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ ވީހާވެސް އަޑުގަދަކޮށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނެފައިވަނީ މާލެ ތެރޭގައި އަޑުގަދަކުރަން ބޭނުންވަނީ މުޒާހަރާ ކުރާއިރު ގިނަ މީހުންނަށް އަޑު އިއްވަން ކަމަށެވެ.

އެމްޑީޕީން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މުޒާހަރާއާ ގުޅޭގޮތުން އެޕާޓީގެ ފަރާތުން މިއަދު ފުލުހުންގެ މަރުކަޒު ކައިރީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، ބޭނުން ވަނީ މަޖީދީމަގުން މުޒާހަރާ ކުރިއަށްގެންދަން ކަމަށެވެ.

އެމްޑީޕީން މުޒާހަރާ ކުރިއަށްގެންދަނީ ޤާނޫނީ އިމުގެ ތެރެއިން ހިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ދަށުންކަން ފާހަގަކުރައްވަމުން އަމީން ފައިސަލް ވިދާޅުވީ، މާލެ ވަށައިެގންވާ މަގުގައި މުޒާހަރާ ކުރުމުން އަޑުއިވޭނީ ހަމައެކަނި މުޒާހަރާގެ ބައިވެރިންނަށް ކަމަށެވެ. އޭގެ ބަދަލުގައި މަޖީދީމަގުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ ފާޅުކުރާ ޝުއޫރުގެ އަގު ރައްޔިތުންނަށް އިވޭނޭކަމަށާއި، ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް ކަންބޮޑުވުންތައް އަޑުއިއްވުންކަމަށެވެ. 

އެމްޑީޕީން ބުނީ އެޕާޓީން އުޅެނީ ރީތި ހިނގާލުމެއް ބާއްވަން ނޫންކަމަށާއި، މިއީ ވަކި މަގްސަދެއް ހާސިލްކުރުމަށް ބައްވާ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އެގޮތުން މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް