އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ނިކުތީ ވަރަށް މަދު ބަޔަކު

ވަރަށް ބޮޑަށް އިޝްތިހާރުކޮށްގެން އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ "ދަތިވެއްޖެ" މުޒާހަރާއަށް ނިކުތީ ވަރަށް މަދު ބަޔަކު ކަން ފޮޓޯތަކުން ހާމަވެއްޖެއެވެ.
ތަކެތީގެ އަގު ބޮޑުވެ ޑޮލަރު ލިބުން ދަތިވެ ރައްޔިތުންނަށް ދަތިވެއްޖެ ކަމަށް ބުނެ އެމްޑީޕީން މިރޭ މާލޭގައި ވަނީ މުޒާހަރާ ކޮށްފައެވެ.
ނަމަވެސް ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލެން މެދުވެރިވީ ނިމިދިޔަ، އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމުން ކަމަށް އިޣްތިޞާދީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ 5 އަހަރުގެ ދައުރުގައި ވަނީ ވޭތުވެދިޔަ 40 އަހަރުގައި ޗާޕު ނުކުރާވަރަށް ފައިސާ ޗާޕުކޮށްފައެވެ. އެގޮތުން އެ ވެރިކަމުގައި މާލިއްޔަތު ޤާނޫނުގެ މާއްދާތައް ސަސްޕެންޑުކުރުމަށްފަހު 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރިއެވެ. ނަމަވެސް މި ސަރުކާރުން އެއްވެސް ފައިސާއެއް ޗާޕުކޮށްފައި ނުވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންކަން ފާހަގަ ކުރެވެއެވެ.
އެމްޑީޕީން މި ދައްކާ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ނޫސްވެރިޔާ އަޙުމަދު އަޒާން މިރޭ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުން ކަމަށާއި 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 އަށް ތިރިކުރަން ޑިމާންޑު ކުރުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އެމްޑީޕީން ދައްކާ ވާހަކައެއް ކަމަށެވެ.
ޑޮލަރުގެ އަގު އުފުލެނީ އިޤްތިސާދުގައި ލިބެން ހުންނަ ޑޮލަރަށްވުރެ ދިވެހި ރުފިޔާ ގިނަވުމުންނެވެ. އެމްޑީޕީ ވެރިކަމުގައި ޗާޕުކުރި ފައިސާގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓިފައި ވަނިކޮށް، މިއަހަރު އިތުރަށް ޑޮލަރުގެ ތާށިކަން ކުރިމަތިވީ އެމްޑީޕީ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏެއް މިއަހަރު ދައްކަން ޖެހުމާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންނެއެވެ.
2018 އިން 2023 އަށް އެމްޑީޕީން ކުރި ވެރިކަމުގައި ރާޢްޖޭގެ އިޤްތިސާދު ފުން ވަޅުގަނޑަކަށް ވައްޓާލި ކަމަށް ގިނަ ބަޔަކު ބުނެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)