ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތު ކުރުމާއި ގުޅުންހުރި 65 މައްސަލަ ހުށަހަޅައިފި: ފުލުހުން

ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތު ކުރުމާއި ގުޅުންހުރި 65 މެސެޖް، މިހާތަނަށް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތު ކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުމަށް އުފައްދާފައިވާ ހޮޓްލައިނަށް މިހާތަނަށް 65 މެސެޖް ލިބިފައިވާ ކަމަށެވެ.
މި މެސެޖްތަކުގެ ތެރޭގައި 27 ބިދޭސީންގެ މަޢުލޫމާތާއި ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތް ހިންގާ 18 ތަނެއްގެ މަޢުލޫމާތާއި ޤަވާޢިދާ ޚިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނާއި މިފަދަ މުއާމަލާތް ހިންގާ 16 އޮންލައިން ޕްލެޓްފޯމް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މަޢުލޫމާތުތަކާއި ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު އިމިގްރޭޝަންއާ ހަވާލުކުރުން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ހޮޓްލައިނަށް ރިޕޯޓް ކޮށްފައިވާ އެހެން ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރަމުން ދާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މިއަދު ވެސް ވަނީ ލައިސެންސް ނެތި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި ލައިސަންސް ނެތް ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް 09 ސެޕްޓެންބަރު ގެ ނިޔަލަށް ދޫކުރެވިފައިވަނީ 59 ފަރާތަކަށްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއެކު ކުރާނަމަ، އެމުޢާމަލާތްކުރެވެނީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށްވެސް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)