logologologologo
STO
ޚަބަރު

ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 12

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

އެ އިދާރާއިން ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު، އޮންރަބްލް އަންވަރު އިބްރާހީމް 2026 ސެޕްޓެމްބަރު 14 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައިވާ ( ރަސްމީ ފާލަން ހިމެނޭ ސަރަހައްދު) އުޅަނދުތައް ނެގުމަށް އަންގައިފައެވެ.

އެ ސަރަހައްދުގައި ހިމެނޭ އެންމެހައި ކަނޑުއުޅަނދުފަހަރު 2026 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އަދި އެއްގަމު އުޅަނދުފަހަރު ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން ނެގުމަށް ފުލުހުންގެ އިދާރާއިން ވަނީ އަންގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑު ވަޒީރު ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނީ މިމަހުގެ 14 އިން 15އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް