ސްކޭމްގެ މައްސަލައެއްގައި މީހަކު ހޯދަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންގެ އިޢުލާނުގައިވާ ގޮތުން، މި މައްސަލައިގައި ހޯދަމުންދަނީ ސ. ހިތަދޫ، ކަށިސުތުލިގެ، އުމުރުން 46 އަހަރުގެ މުޙައްމަދު ޢިމާދެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މުޙައްމަދު ޢިމާދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމުގެ ޗިޓު އޭނާއާ ހަވާލުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، އޭނާ ހާޒިރުވުމަށް އިޢުލާނުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ އުޞޫލުތަކުގެ މަތިންނެވެ. އޭނާ ތަޙުޤީޤަށް ހާޒިރުކުރަނީ އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައާ ގުޅިގެން ސުވާލުކޮށް، މަޢުލޫމާތު ސާފުކުރުމަށެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ ހާޒިރުވާންޖެހޭނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ނުވަތަ ސްކޭމްގެ މައްސަލަތައް ހުއްޓުވައި، އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ޚާއްޞަ އިސްކަމެއް ދީގެން ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)