logologologologo
STO
ޚަބަރު

ރާއްޖެއަށް ވަންނަ ބޭރުފައިސާއަކީ ދައުލަތުގެ އެއްޗެއް: އިބުރާ

ރާއްޖެއަށް ވަންނަ ބޭރުފައިސާއަކީ ދައުލަތުގެ އެއްޗެއް: އިބުރާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 29

ރާއްޖެއަށް ވަންނަ ބޭރުފައިސާއަކީ ދައުލަތުގެ އެއްޗެއް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބުރާހީމް އިސްމާޢީލް، އިބުރާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޢަމަލުކުރާ ފެހި ޤާނޫނު އަސާސީ އެކުލަވައިލި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އިބުރާ ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މީގެ ދެތިން އަހަރު ކުރީގައިވެސް ވިދާޅުވި ބަހުގައި މިއަދުވެސް ހިފަހައްޓަވާނެ ކަމަށާއި ރާއްޖެއަށް ވަންނަ ބޭރުފައިސާއަކީ ވަކި މީހެއްގެ އެއްޗެއްނޫން ކަމަށެވެ.

"އެއީ ދައުލަތުގެ އެއްޗެކެވެ. އެ ދޭންޖޭނީ ދައުލަތަށެވެ." އިބުރާ ވިދާޅުވެފަައިވެއެވެ.

އިބުރާ އިތުރަށް ވިދާޅުވީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ ދައުލަތަށް ދޭންޖެހޭ ކަމަށާއި އެއަށްވާ އަގު އެގެނައި މީހަކަށް ދިވެހި ރިފިޔާއިން ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ވިޔާފާރިއާ އެހެނިހެން ބޭނުންތަކަށް ބޭރުފައިސާ ބޭނުންވާ މީހުނަށް، ކަނޑައެޅި ޢާންމުކޮށްފައިވާ އުޞޫލަކުން، ދައުލަތުން އެ ދޫކުރާންވާނެ ކަމަށާއި މި އުޞޫލު ހިންގޭނަމަ، ދިވެހިރާއްޖޭގެ ބޭނުންތަކަށް ވާވަރަށް ބޭރުފައިސާ މިރާއްޖެއަށް ވަންނަ ކަމަށެވެ.

ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ބޭރުފައިސާ ނުވަތަ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ %40، ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނު އިސްލާޙު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް