logologologologo
STO
ޚަބަރު

ޑޮލަރުގެ ސިޔާސަތަށް ބަދަލު ގެންނަނީ ދިރާސާ ކުރުމަށްފަހު: ރައީސުލްޖުމްހޫރިއްޔާ

ޑޮލަރުގެ ސިޔާސަތަށް ބަދަލު ގެންނަނީ ދިރާސާ ކުރުމަށްފަހު: ރައީސުލްޖުމްހޫރިއްޔާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 26

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދިރާސާތަކާއި މަޝްވަރާތަކަށްފަހު އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދޭ 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިގުތިޞާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ބޭފުޅުން އެކި ކަހަލަ ގޮތްގޮތަށް ވާހަކަދެއްކި ނަމަވެސް، އިގުތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދަނީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ޤާނޫނުތަކަށް ގެންނަ އިސްލާޙުތަކަކީވެސް ފެކްޓް ބޭސްޑްކޮށް ކުރާ ކަންކަން ކަމަށެވެ. މިގޮތުން އެތައް ދުވަހެއްގެ މަޝްވަރާއާއި ޓެކްނިކަލް އިވޭލުއޭޝަންތަކާއި ދިރާސާތައް ހެދުމާއި، އެކަމާ ހަވާލުވެ ތިއްބެވި ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން މި ބަދަލުތައް ގެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ބޭރުފައިސާ ނުވަތަ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ %40، ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނު އިސްލާޙު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް