logologologologo
STO
ޚަބަރު

ރައީސްގެ އަރިހަށް، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޒިޔާރަތްކުރައްވައިފި

ރައީސްގެ އަރިހަށް، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޒިޔާރަތްކުރައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 22

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް، ސަރުދާރު އަޔާޒް ޞާދިޤް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އިސްލާމްއާބާދުގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައިވާ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.

އެގޮތުން ދެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ އައު ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް އޮކްޓޯބަރު 20 އިން 22 އަށް ކުރައްވާ ރަސްމީ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި ތާރީޚީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އަދި އަސްކަރިއްޔާގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވިޔަފާރިއާއި، ދިފާޢީ ދާއިރާ އަދި އެހެނިހެންދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް