logologologologo
STO
ޚަބަރު

މޯލްޑިވްސް - ޕާކިސްތާން ބިޒްނަސް ފޯރަމް ފަށައިފި

މޯލްޑިވްސް - ޕާކިސްތާން ބިޒްނަސް ފޯރަމް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 22

މޯލްޑިވްސް ޕާކިސްތާން ބިޒްނަސް ފޯރަމް ފަށައިފިއެވެ.

މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖެއިން ބޭރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގައި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވައެވެ. މި ފޯރަމްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކާއި، ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކުރެއެވެ. ޕާކިސްތާނުގައިވެސް ފަށާފައިވަނީ، މި ސިލްސިލާގެ ދަށުން ބާއްވާ ބިޒްނަސް ފޯރަމެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 6 ޤައުމެއްގައި ބިޒްނަސް ފޯރަމްތައް ވަނީ ބާއްވާފައެވެ. އެ ޤައުމުތަކަކީ ޗައިނާ، ޔޫއޭއީ، އިންޑިއާ މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތެވެ. މީގެތެރެއިން އިންޑިއާގެ 3 ސިޓީއެއްގައި ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް މައުލޫމާތު ހޯދާ ފަރާތްތަކާއި، އިންވެސްޓްމެންޓުތައް ރަޖިސްޓްރީ ކުރި ފަރާތްތައް އިތުރުވެފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުންޏެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް