logo
logo
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ: ޝުޖާޢު

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ: ޝުޖާޢު

2026 މާރިޗު 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަޙުސްގައި އެމްޑީޕީ ބަލިވެއްޖެ ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި މިފަދައިން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙުމަދު ޝަރީފް (އީސީ ޝަރީފް) ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސީ ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނެ ވޯޓު ދިނުމުގެ މާނައަކީ ރައީސް ޑރ މުޙައްމަދު މުއިއްޒަށް ނޫނެކޭ ބުނުންކަމަށެވެ.

ޝަރީފްއަށް ރައްދުދެއްވައި ޝުޖާ ވިދާޅުވީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ޤާނޫނީ އެއްވެސް މައްސަލައެއް ނުވަތަ ބަހުސެއް އޮތްކަމެއް ނޫންކަން ޝަރީފްގެ އެ ވާހަކަތަކުން ހާމަވާ ކަމަށެވެ.

ޝުޖާ ވިދާޅުވީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ވޯޓަކީ ސިޔާސީ ކަމެއްގެ ގޮތުގައި އެމްޑީޕީން މިހާރު ބުނަން ފަށައިފި ކަމަށާއި މިކަމުގައި އެމްޑީޕީ ބަލިވެ ދައްކާނެ ވާހަކަ ހުސްވެއްޖެ ކަމަށެވެ.

"ރާއްޖޭގެ ކަނޑުން އެއްބައި ވަގަށް ވިއްކާލި ބައިގަނޑަކަށް ފުރުޞަތު ނުދިނުމަށް ހުރިހާ ރައްޔިތުން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ވިދާޅުވެ ދެއްވާ!" ޝުޖާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޮންމެ 5 އަހަރަކުން ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ އޭޕްރީލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއިއެކުގައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް