logo
logo
އިސްލާމްދީނަށް ހަޖޫޖަހާ އަދަދު ނޫހުން ކާޓޫން ކުރެހުމުން މީޑިއާތަކުން އެކަން ކުށްވެރިކޮށްފި

އިސްލާމްދީނަށް ހަޖޫޖަހާ އަދަދު ނޫހުން ކާޓޫން ކުރެހުމުން މީޑިއާތަކުން އެކަން ކުށްވެރިކޮށްފި

2026 ޖެނުއަރީ 23
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭ ކަމަށް މީގެކުރިން އަމިއްލައަށް އެއްބަސްވެފައިވާ ހުސައިން ފިޔާޒުގެ އަދަދު ނޫހުން ރައީސް މުޢިއްޒަށް ފާޑު ކިޔުމަށްޓަކައި އިސްލާމްދީނަށް ހަޖޫޖަހާ ކާޓޫނު ކުރެހުމުން މީޑިއާތަކުން އެކަންކުށްވެރިކޮށްފިއެވެ.

އަދަދު ނޫހުން ސިޔާސީ ފައިދާހޯދުމަށް ކުރަހަމުންދާ "ސިޔާސީ ކާޓޫން" ގެ އެންމެ ފަހު ކާޓޫނުގައި ކުރަހާފައިވަނީ ނަމާދުކުރާ މީހެއްގެ ޖީބުން ފައިސާ ފެންނަގޮތަށް ހުރި ކާޓޫނެކެވެ. އަދި ނަމާދުކުރަމުން ވައްކަންކުރާ މަންޒަރު ދައްކުވާދޭން އަދަދުން ވަނީ މަސައްކަތްކޮށްފައެވެ.

މިކަން ކުށްވެރިކުރި ނޫސްތަކުން ވަނީ ނަމާދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއްތަނބުކަން ފާހަގަކުރައްވާ ސިޔާސީ މަންފާއަށް ނަމާދުކުރާ ތަނުގެ ކާޓޫނު ކުރެހުމަކީ ބަލައިނުގަނެވޭ ކަމެއްކަން ފާހަގަކޮށްފައެވެ.

މިކަމާގުޅިގެން ވަރަށް ގިނަ ރައްޔިތުން ވަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަދަދު ނޫހަކީ އަބަދުވެސް އެމްޑީޕީކޮޅަށް ވަރަށް ބޮޑަށް ބުރަވެގެން ނޫސްވެރިކަންކުރާ ނޫހެއްކަން އާންމު ރައްޔިތުން ފާހަގަކުރެއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލުމަށްޓަކައި ވެސް އަދަދު ނޫހުންވެސް ވަރަށް މަސައްކަތްކުރިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް