
މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތަކުން ނޫން!
ޒައުޖަތު އަޙުމަދުއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ރާއްޖެ ވަޑައިގަންނަވަނީ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތަކުން ނޫން ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބުރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ އަދަދު ނޫހުގައި މިއަދު ޝާޢިއު ކުރި ޚަބަރަކާއި ގުޅިގެން މި ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިނިވަންދުވަހުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ކަމަށާ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ނޫން ކަމަށެވެ.
އަދަދު ނޫހުގައި މިއަދު ހަވީރު ޝާޢިއު ކުރި އެ ޚަބަރުގައި ބުނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން މިއަދު ބުނެފި ކަމަށެވެ.
އެ ނޫހުގައި ވާގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަންނަވާނީ ޖުލައި 25، ގައެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.
އަދަދު ނޫހުން މިފަދައިން ވާހަކަތައް ފަތުރާފައިވާއިރު، މޯދީ ޖުލައި 25 ގައި ރާއްޖެ ވަޑައިގަތުމަށްފަހު ޖުލައި 26 ގައި އެނބުރި ވަޑައިގަންނަވާ ކަމަށާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޖުލައި 27 ވަނަ ދުވަހުގައި ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު މި ނޫހަށް މަޢުލޫމާތު ދެއްވިއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ބޮޑުވަޒީރު މޯދީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ދަޢުވަތަކަށް، ޚާއްޞަ މެހުމާނެއްގެ ހައިސިްޔަތުން ރާއްޖެ ވަޑައިގަންނަވަނީ ރާއްޖެ - އިންޑިއާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަދަދު ނޫހުގެ އާއިދު، ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ނޭރުވުމުން ހިތްހަމަނުޖެހިގެން ހަޑިހުތުރު ބަހުން ވާހަކަދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަނީ 2025 ސެޕްޓެމްބަރު 11
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ތިން ބޭފުޅަކަށް!2025 ޖުލައި 27
މާލޭގައި މިއަދު އެއްގަމު އުޅަނދު ދުއްވުން މަނައެއް ނޫން: ފުލުހުން2025 ޖުލައި 26
އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދި ނަމަވެސް މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް: ރައީސް2025 ޖުލައި 26