logo
logo
މާލޭގައި މިއަދު އެއްގަމު އުޅަނދު ދުއްވުން މަނައެއް ނޫން: ފުލުހުން

މާލޭގައި މިއަދު އެއްގަމު އުޅަނދު ދުއްވުން މަނައެއް ނޫން: ފުލުހުން

2025 ޖުލައި 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފުލުހުން ވިދާޅުވީ 2025 ޖުލައި 26 ވަނަ ދުވަހު 15:00 އިން 18:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން މިހާރު ވަނީ ބާތިލުކޮށްފައި ކަމަށެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައި މިވަނީ މިނިވަން ދުވަހާ ގުޅިގެން، މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅިގެން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް، މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް، ދަތުރުފަތުރާބެހޭ ވުޒާރާއިން ކަނޑައަޅާފައި އޮތް އޮތުން ބާޠިލް ކުރުމާއި ގުޅިގެންނެވެ.

އެގޮތުން މިއަދު 3:00ން ފެށިގެން 6:30 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަލޭގައި އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ނުދުއްވޭނެ ކަމަށް އެ ވުޒާރާއިން ކަނޑައެޅުއްވިއެވެ. ނަމަވެސް އެ ވުޒާރާއިން ދާދިދެންމެއަކު ވަނީ އެ އިޢުލާނު ބާޠިލް ކުރައްވައިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެއިޢުލާނު ބާޠިލު ކުރެއްވުމާއި ގުޅިގެން ، އެ ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވާ ކަމަށެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުން މަނާ ނޫން ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި އެހެނިހެން މުއައްސަސާތަކުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާ ސަރަޙައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި އިންޑީއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރެވެއެވެ.

 


ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް