
ހިޔާ އެޕާޓްމަންޓެއްގައި ހަށިވިއްކަމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްރުކޮއްފި
ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެ އަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާ އަށް ހަށިވިއްކުވައި ފައިސާތައް ބޭނުންކޮށް، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަލައި ފާސްކުރީ ހިޔާ 12 ވަނަ ޓަވަރު ކަމަށެވެ
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ.
ފުލުހުން މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެތަނުން 19،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ދިވެހި ފައިސާ ފެނިފައިވެއެވެ. މި ފައިސާތައް ބޭނުންކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ އަމަލުތަކަށްކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލާގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26
ވިލިމާލޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލިއްޖެ!2025 ނޮވެމްބަރު 22