
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދުކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރިކަމަށް ތުޙުމަތުކުރެވޭ ސަނީ ޢުމަރު ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ޖިނާޢީ މައްސަލައެއްގެ ތުޙުމަތު އޮއްވާ، އަދި ތަޙުޤީޤަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ ޢުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަނީ ޢުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރަން ފަށާފައިވަނީ މީގެ 10 އަހަރު ކުރިން ފެށިގެން ކަމަށް އަނިޔާލިބުނު ކުދިންގެ ޢާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ޖިންސީ ގޯނާކުރި ބައެއް ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެ ޢާއިލާއިން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މިދިޔަ ހަފުތާގައި ވެސް ރާއްޖެ ދޫކޮށް ދިޔައެވެ. އޭނާ އިއްޔެ ހަވީރުގެ ވަގުތެއްގައި އެނބުރި ރާއްޖެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު އޭނާ ދޫކޮށްލީއެވެ.
ސަނީ ޢުމަރަކީ "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި އޭނާ އެ ކުންފުނީގައި އަދާކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށް ބުނެފައިވެއެވެ.
ގައިސް ޕްރައިވެޓް ލިމިޓެޑަކީ ޙަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތު ކުރެވޭ ސަނީ ޢުމަރު 30 ދުވަހަށް ބަންދުކޮށްފި2025 ޑިސެމްބަރު 03
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ސަނީ އުމަރު 2 ވަނަ ފަހަރަށް ފުރުވާލަން އެހީތެރިވެދިނީ އެމްޑީޕީގެ މެންބަރު ކުޑޫ ؟ 2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01