
ކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތު ކުރެވޭ ސަނީ ޢުމަރު 30 ދުވަހަށް ބަންދުކޮށްފި
ޒައުޖަތު އަޙުމަދުކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުޙުމަތު ކުރެވޭ ސަނީ ޢުމަރު 30 ދުވަހަށް ބަންދު ކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ޕީޖީ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ސަނީ ޢުމަރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އޭނާ 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ގަސްދު ކުރާ ކަމަށެވެ.
ސަނީ ޢުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރަން ފަށާފައިވަނީ މީގެ 10 އަހަރު ކުރިން ފެށިގެން ކަމަށް އަނިޔާލިބުނު ކުދިންގެ ޢާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ޖިންސީ ގޯނާކުރި ބައެއް ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެ ޢާއިލާއިން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވެ ފުލުހުންނަށް ހުށަހެޅުމުން އޭނާ މިދިޔަ ހަފުތާގައި ރާއްޖެ ދޫކޮށް ދިޔައެވެ. އޭނާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެނބުރި ރާއްޖެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު ދޫކޮށްލީއެވެ. ފަހުން ކޯޓު އަމުރެއްގެ ދަށުން ސަނީ ހައްޔަރު ކުރީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ސަނީ ޢުމަރަކީ "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި އޭނާ އެ ކުންފުނީގައި އަދާކުރަމުންދިޔައީ އެ ކުންފުނީގެ މެނޭޖްމަންޓު ރޯލެއް ނޫން ކަމަށް ބުނެފައިވެއެވެ.
ގައިސް ޕްރައިވެޓް ލިމިޓެޑަކީ ޙަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ސަނީ އުމަރު 2 ވަނަ ފަހަރަށް ފުރުވާލަން އެހީތެރިވެދިނީ އެމްޑީޕީގެ މެންބަރު ކުޑޫ ؟ 2025 ޑިސެމްބަރު 02
ފުލެޓް މައްސަލާގައި އަކުރަމުގެ އިތުރުން ތިން މީހަކަށް ދަޢުވާކޮށްފި2025 ސެޕްޓެމްބަރު 18
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށައިފި!2025 ޖުލައި 18