logo
logo
 ފުލެޓް މައްސަލާގައި އަކުރަމުގެ އިތުރުން ތިން މީހަކަށް ދަޢުވާކޮށްފި

ފުލެޓް މައްސަލާގައި އަކުރަމުގެ އިތުރުން ތިން މީހަކަށް ދަޢުވާކޮށްފި

2025 ސެޕްޓެމްބަރު 18
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓްދީ، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދަޢުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އަކުރަމްގެ އިތުރުން މި މައްސަލާގައި ހިމެނެނީ ފްލެޓް ކޮމިޓީގެ މެމްބަރުންތަކެކެވެ.

މި ދަޢުވާއާއިގުޅިގެން ޕީޖީ އޮފީހުން ބުނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ޚިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާތީ ކަމަށެވެ.

ދަޢުވާ އުފުލި 4 މީހުންނަކީ އަކްރަމް ކަމާލުއްދީން، (ފްލެޓް ކޮމިޓީގެ ޗެއާ، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު)، މުޙައްމަދު އާރިފް (ފްލެޓް ކޮމިޓީގެ މެމްބަރު، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު) އަޙުމަދު ވިޝާން ނަސީމް، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު، ޟިރުއާމް ވަހީދު، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެވެ.

މި 4 މީހުންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ކުރީގެ ރައީސް އިބުރާހީމް މޫހައްމަދު ޞާލިޙުގެ ސަރުކާރުންފެށި މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް2 ގައި އިމާރާތް ކުރަންފެށި 4000 ފުލެޓްގެ މަސައްކަތް މިސަރުކާރުން މިހާރު ނިމުމަކާއި ހަމައަށް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަޙުޤީޤެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ކުރަމުންދާއިރު އެ ތަޙުޤީޤަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް