
ފުލެޓް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ: މުއްޠަލިބް
ޒައުޖަތު އަޙުމަދުފުލެޓް ލިސްޓަށް ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވެފައި މިވަނީ ގެދޮރުވެރިޔާ ސްކީމްގެދަށުން ދީފައިވާ ފުލެޓްތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ރާއްޖެ އެމްވީގައި ޝާޢިއުކުރި ޚަބަރަކާއި ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ 15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް ކަމަށާއި ޢަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިޢުލާނުގައި ވާ ގޮތަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި ކަމަށެވެ.
ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށާއި ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމަކީ ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށި ސްކީމެކެވެ. ވެރިކަމުގެ ދައުރު ނިމެން ދެ ދުވަހަށްވެފައި ވަނިކޮށް ފުލެޓް ލިބޭ މީހުންގެ ލިސްޓް އިޢުލާނުކޮށްފައި ވީ ނަމަވެސް ޙައްޤު ނޫން ގިނަ ބަޔަކަށް ފުލެޓް ދީފައިވާކަން ފާހަގަވެ، އޭސީސީން އެކަން ތަޙުޤީޤު ކުރިކަން ފާހަގަ ކުރެވެއެވެ. އަޅަންފަށާފައި ހުރި 4000 ފުލެޓްގެ މަސައްކަތް ނިންމުމަށް މި ސަރުކާރުން ހަލުއިކަމާއިއެކު މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސަރުކާރުން ދޫކުރާ ފުލެޓްތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ ފިޔަވަޅުއަޅަން ނިންމައިފި2025 އޮކްޓޯބަރު 11
ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލަނީ2025 އޮކްޓޯބަރު 11
ފުލެޓް މައްސަލާގައި އަކުރަމުގެ އިތުރުން ތިން މީހަކަށް ދަޢުވާކޮށްފި2025 ސެޕްޓެމްބަރު 18
4000 ފުލެޓް- ގުރުއަތުގައި ބައިވެރިނުވާ ބަޔަކަށް ފުލެޓް ކަނޑައަޅާފައިވާ ކަން ފާހަގަ ވެއްޖެ!2025 އޯގަސްޓު 05