
4000 ފުލެޓް- ގުރުއަތުގައި ބައިވެރިނުވާ ބަޔަކަށް ފުލެޓް ކަނޑައަޅާފައިވާ ކަން ފާހަގަ ވެއްޖެ!
ޒައުޖަތު އަޙުމަދުގެދޮރުވެރިޔާ ސްކީމްގެދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރަންފެށި 4000 ފުލެޓްގެ ޙައްޤުވެރިން ކަނޑައެޅުމަށް އެމްޑީޕީ ސަރުކާރުގެ ފަހު ދުވަހު ބޭއްވި ގުރުއަތު ނެގުމުގައި ބައިވެރިނުވާ ބަޔަކަށް ފުލެޓް ލިބޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކުރަމުންދަނިކޮށްނެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ އަދި ބިނާރާބެހޭ ވުޒާރާއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނީ، ކުރީގެ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން 15 ނޮވެންބަރު 2023 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 (ހަތްދިހަ ހައެއް) އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށްކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 (ހަތްދިހަ ފަހެއް) މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށްކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 (ހަތްދިހަ ތިނެއް) އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މިފަދައިން ބަޔާންކޮށްފައި ވީ ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 (ހަތްދިހަ ހައެއް) އަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރިކަމަށް އެ ވުޒާރާއަށް ފާހަގަކުރެވިފައިވާ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
"އަދި 76 (ހަތްދިހަ ހައެއް) އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 (ހަތްދިހަ ފަހެއް) އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައެވެ." އެ ވުޒާރާއިން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ކުރީ ސަރުކާރުން 15 ނޮވެންބަރު 2023 ގައި ކުރި އިޢުލާނުން 76 (ހަތްދިހަ ހައެއް) މާރކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްޙަލާ ނިމުމުން، 75 (ހަތްދިހަ ފަހެއް) މާރކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި 4،000 ފުލެޓަކީ ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި، ގެދޮރުވެރިޔާ ސްކީމްގެދަށުން ހުޅުމާލޭގައި އިމާރާތްކުރަންފަށާފައިވާ ފުލެޓްތަކެކެވެ. މި ފުލެޓްތައް ލިބޭނެ ފަރާތްތައް ކަމަށް ބުނާ ލިސްޓް ގެޒެޓްކޮށް ގުރުއަތު ނެގުން ބާއްވާފައިވަނީ އެމްޑީޕީ ވެރިކަމުގެ ދައުރު ނިމި، އިންތިޤާލީ މަރުހަލާގައި 15،އަދި 16 ނޮވެމްބަރު 2023ގައި ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޮންމެ ޢާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ސްކީމެއް ސަރުކާރުން އިފްތިތާޙްކޮށްފި2025 ނޮވެމްބަރު 17
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި2025 އޮކްޓޯބަރު 19
ކުއްޔަށް ދޭނަމަ އެއްބަސްވުން ބާޠިލުކޮށް ފުލެޓް އަތުލަނީ2025 އޮކްޓޯބަރު 11
ހިޔާވެހި ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފަށައިފި2025 އޮކްޓޯބަރު 09