logo
logo
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

2025 އޮކްޓޯބަރު 19
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މި މަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުން ހައްޔަރު ހަ މީހުން ވެސް ދޫކޮށްފިއެވެ.

އެމްޑީޕީން ޕާޓީން މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއިން އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން، އެކަކު ދޫކޮށްލުމަށްފަހު ހަ މީހެއްގެ ބަންދަށް 15 ދުވަސް ޖެހި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ ޝަރުތުތަކާއިއެކު އެންމެން ދޫކޮށްލާފައެވެ.

އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކޮށްފައިވަނީ ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފާއި، މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހާއި، އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން އަޒީމް އަލީ އަދި ހަސަން ޝާކިރުއެވެ.

އެ މީހުން ބަންދުން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި އުޅޭ ތަނާއި ގުޅޭ ނަމްބަރު ބަދަލުވެއްޖެނަމަ އެކަން އެންގުމަށް ޝަރުތުކޮށްފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް