.jpg&w=3840&q=75)
އަމީން މިއާގެ މަރު- ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދުއަމީން މިއާގެ މަރާއި ގުޅިގެން ހައިމާކު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އޭނާ ނިޔާވީ، އަމީން މިއާ ވެއްޓިފައި ވަނިކޮށް އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާގައި ކަމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާއިރު އޭނާއަކީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށް ފުލުން ބުންޏެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މަޢުލޫމާތު ހާމަކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަޙުޤީޤީ ހޯދުންތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަޙުޤީޤަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ފުލުހުން އެދިފައިވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ވޭޕްތަކެއް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި2026 މާރިޗު 24
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ2026 މާރިޗު 13
ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ2026 މާރިޗު 13
ނިޔާވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެ2026 މާރިޗު 13