logo
logo
ވޭޕްތަކެއް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

ވޭޕްތަކެއް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

2026 މާރިޗު 24
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ވޭޕްތަކެއް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހުއްޓުވައި ބަލައިފާސްކޮށް، ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ބަލައިފާސްކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ފުލުހުންގެ ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުޙުމަތުގައި އޭނާ، 2000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވީ ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް