logo
logo
ނިޔާވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެ

ނިޔާވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެ

2026 މާރިޗު 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިޔާވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ދަކަނދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް މިއަދު މެންދުރު 1 ޖަހާކަށްހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނުނީ މުޙައްމަދު ނިޒާރު، (54) ތޯތާޕަރީ ސ. ހުޅުދޫ ކަމަށް ފުލުހުން ބުންޏެވެ.

މި މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ އެފަދަ ތުޙުމަތެއް ކުރެވޭފަދަ ކަމެއް ތަޙުޤީޤަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް