ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަންފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ދިގު ރަށުގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 5 ބިދޭސީއަކު ވަނީ މަރުވެފައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން 2 މީހެއްގެ ޙާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ޖުމްލަ 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް ބިދޭސީ މަސައްކަތްތެރިން ވަނީ ނިޔާވެފައެވެ.
މި ހާދިސާއާއި ގުޅިގެން އެޗްއާރުސީއެމުން ބުނީ އދ.ދިގުރަށުގައި ރޭ ހިނގާ ދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައި ކަމަށެވެ.
މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް މި ކޮމިޝަނުގެ ފަރާތުން ވަނީ ތައުޒިޔާ ކިޔައިފައެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ޙާލަތު އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ޙައްޤެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ.
ރޭ ދަންވަރު 2 ޖަހާއިރު ހިނގި މި ހާދިސާ ހިނގާފައި ވަނީ ދިގު ރަށުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެންނެވެ.
އިތުރަށް





.gif.gif&w=828&q=100)
